އަންޗެލޮޓީ ރެއާލް ދޫކޮށް ބްރެޒިލާ ހަވާލުވާން މަޝްވަރާތައް ފަށަނީ އަންޗެލޮޓީ ރެއާލް ދޫކޮށް ބްރެޒިލާ ހަވާލުވާން މަޝްވަރާތައް ފަށަނީ

މެޑްރިޑް (އޭޕްރީލް 28) - ރެއާލް މެޑްރިޑްގެ ކޯޗުކަން ދޫކޮށް ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ވެސް ބްރެޒިލުން އަންޗެލޮޓީ އަށް އޮފާއެއް ދީފައި އޮއްވައި، އޭނާ ވަނީ ރެއާލްގެ ކޮންޓްރެކްޓް 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ. އެކަމަކު، މި ސީޒަނުގައި ރެއާލްގެ ނަތީޖާތަށް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރެވިފައި ނުވާތީ އަންޗެލޮޓީ އަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ.
އަދި، ސްޕެނިޝް ކަޕް ފައިނަލުގައި ބާސެލޯނާ އަތުން 3-2 އިން ބަލިވި މެޗަށް ފަހު، އަންޗެލޮޓީގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވަނީ، އެއީ ކުރިއަށް ހުރި ހަފްތާތަކުގެ ތެރޭގައި ސާފުވެގެން ދާނެ ކަމެއް ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، އަންޗެލޮޓީގެ އޭޖެންޓާއި ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ބައްދަލުވުމެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މެޑްރިޑްގައި ކުރިއަށްދާނެ އެވެ. އަދި، ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ހުށަހެޅުމަކީ، ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލަަސްވެގެން، އަންޗެލޮޓީ، ބްރެޒިލް ޓީމާ ހަވާލުވުމެވެ.
ޖޫން މަހު، އަންޗެލޮޓީ، ބްރެޒިލް ޓީމަށް ގޮސްފިނަމަ، ކްލަބް ވޯލްޑް ކަޕްގައި ރެއާލް ބެންޗުން އޭނާ ނުފެންނާނެ އެވެ. ރެއާލުން އަންޗެލޮޓީގެ ބަދަލުގައި ގެންނަން މަސައްކަތް ކުރަނީ، ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް ނޫނީ، ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އެވެ.
ބްރެޒިލް ޓީމަށް އަންޗެލޮޓީ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ، އެ ގައުމުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑިއޭގޯ ފެނާންޑޭސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ