މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރިޔާސީ ޓިކެޓް އަރުވައިފިއެވެ.
ގާސިމް އިބްރާހިމް އަށް ރިޔާސީ ޓިކެޓް ހަވާލުކުރައްވާފައިވަނީ އެކަމަށްޓަކައި މިހާރު ކުރިއަށްދާ ހާއްސަ ޖަލްސާގައެވެ. "ހާސްކަނޑާލާ ހަމަޖެހޭނެ" މި ސްލޯގަންގެ ދަށުން މިރޭ ބާއްވާ މި ޖަލްސާގައި އެމަނިކުފާނުގެ ރިޔާސީ ބައެއް ވައުދުތައްވެސް ހާމަކުރައްވަން ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ސްލޯގަން ވެސް މި ޖަލްސާގައި އިފްތިތާޚް ކުރުންވެސް އޮންނާނެއެވެ.
ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމަށް މިރޭ ބާއްވާ ޖަލްސާގައި 4000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެއަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް މީގެ ކުރިން ރިޔާޒް ރަޝީދު ވިދާޅުވެފައިވެއެވެ.
ގާސިމް އިބްރާހިމްގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމްގެ އިތުރުން އުމަރު ނަސީރެވެ.
އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކުރިމަތި ލައްވާނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ވަނީ ގެއްލިފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓާއި ގާސިމް އިބްރާހިމް ހަވާލުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ