އުމަރު ޒާހިރު އޮފީސް އިމާރާތް ބިނާކުރި ހުޅުމާލެއަކީ، އުމަރު ޒާހިރުގެ ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއް ކަމަށް ރައީސް ވިދާޅުވެ އެވެ.
މިހާރުވެސް ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަނީ ކުލީ އިމާރާތްތަކުގައި ކަމަށާއި އެހެންވެ ކުއްޔަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ކުރީގެ ވަޒީރު އުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް ހުޅުމާލޭގައި ހެދި ސަރުކާރުގެ އޮފީސް އެކުވެނި "އުމަރު ޒާހިރު އޮފީސް" ހުޅުވައި ދެއްވުމުގެ ހަފުލާގައި މިއަދު އެވެ.ރައީސް ވިދާޅުވީ، އުމަރު ޒާހިރު އޮފީސް ހުޅުވިގެން ދަނީ އެފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ކަމަށާއި ސަރުކާރުގެ އޮފީސް އިމާރާތްތަކުގެ ތެރޭގައި ހުރި ހުރަވީ ބިލްޑިން ބާވެގެން ތަޅާލާފައި ވާއިރު، ޣާޒީ ބިލްޑިން ވެސް ހުރީ ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭ ވަރުގައި ކަމަށެވެ.ސަރުކާރުގެ ގިނަ އޮފީސްތަކެއް ކުލީ އިމާރާތް ތަކުގައި ހިންގަން ޖެހުމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ކުއްޔަށް ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި އުމަރު ޒާހިރު އޮފީސް ހުޅުވި އެންމެ ބޮޑު ބޭނުމަކީ، އެ ދައްޗަށް ހައްލު ހޯދުން ކަމަށެވެ. ރައީސް އަދި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރީ އާއި ޖެންޑާ މިނިސްޓަރީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އެ އިމާރާތަށް ބަދަލުވާއިރު ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދުން ބޮޑު ބައެއް ސަލާމަތްވުން ކަމަށެވެ. އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ މައްޗަށް ބައްލަވާލައްވާ ރައީސް ވިދާޅުވީ މިފަދަ އިމާރާތެއް އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވުމަކީ އެ މަނިކުފާނުގެ ހިދުމަތުގެ ކުލަ ގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި އުމަރު ޒާހިރު އޮފީސް އިމާރާތް ބިނާކުރި ހުޅުމާލެއަކީ، އުމަރު ޒާހިރުގެ ރޭވުންތެރި މަސައްކަތްތަކަކާއެކު ވުޖޫދުވެގެން އައި ރަށެއް ކަމަށެވެ.
މި ސަރުކާރުން ހެދި މި އިމާރާތަށް 185 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އާ އޮފީސް އެކުވެނީގެ ގްރައުންޑާއި ފުރަތަމަ ފަންގިފިލާ ޕާކިން އަށް ހާއްސަ ކޮށްފައި ވާއިރު، 21 ކާރާއި، 360 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ވެސް ހިމެނެ އެވެ.ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަސީލަތްތަކާއެކު 25000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އުމަރު ޒާހިރު އޮފީހާއެކު ކުލީގެ ބޮޑު ހޭދައެއް ލުއި ކުރެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ