ސިފައިންނަކީ ގައުމަށްޓަކައި ގުރުބާން ވާނެ ބައެއްކަން ތާރީޚު ހެކި ދޭ: ގާސިމް

ރާއްޖޭގެ ތާރީޚު ކަށަވަރުކޮށްދެނީ ދިވެހި ސިފައިންނަކީ ގައުމުގެ ހައްގުގައި ގުރުބާންވާން ތައްޔާރަށް ތިބި ބައެއްކަން ކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. މިއަދަކީ ސިފައިންގެ 131ވަނަ އަހަރީ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ސިފައިންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ފިތުރު ޢީދު ތަހުނިޔާ އަރިސް ކުރައްވައި ކުރެއްވި ޓުވީޓެއްގައި ގާސިމް ވިދާޅުވި ގޮތުގައި ދިވެހި ތާރީޚު ކަށަވަރުކޮށްދެނީ، ދިވެހިސިފައިންނަކީ ކެރޭ، ހިތްވަރު ގަދަ، ނުގުޑާ ފަދަ އަޒުމެއްގައި އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް، ޤައުމުގެ ހައްޤުގައި ޤުރްބާން ވާން ތައްޔާރަށް ތިބި ބައެއް ކަމެވެ. "ޝައްކެއް ނެތް ގޮތުގައި ދިވެހި އަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާއީ އައްޑަނަ. ތިޔައީ ދިވެހީންގެ ފަޚުރުވެރި ދިފާއީ ބާރު،" ގާސިމް ވިދާޅުވިއެވެ. ދިވެހިސިފައިންގެ 131 ވަނަ އަހަރީދުވަހުގެ ތަޙްނިޔާ ސިފައިންގެ އެންމެހާ ވެރިންނަށާއި، އެންމެހާ ސިފައިންގެ ބޭކަލުންނާއި، ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް އަރިސް ކުރަމެވެ. ޝައްކެތްނެތް ގޮތުގައި ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނައެވެ. ތާރީޚް… pic.twitter.com/ykyB0LJ7TK — Qasim Ibrahim (@qasimibrahim) April 21, 2023 "> ދިވެހިސިފައިންގެ 131 ވަނަ އަހަރީދުވަހުގެ ތަޙްނިޔާ ސިފައިންގެ އެންމެހާ ވެރިންނަށާއި، އެންމެހާ ސިފައިންގެ ބޭކަލުންނާއި، ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް އަރިސް ކުރަމެވެ. ޝައްކެތްނެތް ގޮތުގައި ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނައެވެ. ތާރީޚް… pic.twitter.com/ykyB0LJ7TK — Qasim Ibrahim (@qasimibrahim) April 21, 2023 ސިފައިންގެ ޚިދުމަތަށް މި އަހަރު 131 އަހަރު ފުރޭތީ ކަނޑައަޅާފައިވާ ޝިއާރަކީ "ސިފައިންގެ ބަދަހިކަން، ޤައުމުގެ ހަމަޖެހުން" މިއެވެ. އެމްއެންޑީއެފުން ބުނީ މި ޝިއާރު، މިރޭ ބާއްވާ ދުވަހުގެ ޙާއްސަ ޖަލްސާގެ ތެރެއިން އިއުލާން ކުރާނެ ކަމަށެވެ. ދިވެހި ސިފައިންގެ ޚިދުމަތް ދެމުން އަންނަތާ 131 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި އާއްމުންނަށް ހުޅުވާލައިގެން ހަވާ ވެސް ވަނީ އަރުވައިފައެވެ. ރާއްޖޭގައި އެންމެ ގިނަ ދުވަސް ވީ އެއް ޚިދުމަތް ކަމުގައިވާ ސިފައިންގެ ޚިދުމަތް ފަށާފައިވަނީ 1892ވަނަ އަހަރު އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ