މި ރަމަޟާން މަހުގައި ފެމެލީ ކޯޓުން ފޯމު ބަލައިގަތުމާއި ދޫކުރާނެ ގަޑިތައް އިއުލާނުކޮށްފިއެވެ.
ފެމެލީ ކޯޓުން ބުނީ މި ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމެލީ ކޯޓުން ފޯމު ބަލައިގަންނަ ގަޑިތަކާއި ތަކެތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.
އެ ކޯޓުން ބުނީ ފޯމު ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:30 އަށްކަމަށެވެ. އަދި ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 13:00އަށް ކަމަށް ވެސް ފެމިލީ ކޯޓުން ބުނެފައިވެއެވެ.
ތަކެތި ދޫކުރުމާއި ފައިސާ ބަލައިގަންނާނެ ގަޑިތައްކަމަށް ފެމިލީ ކޯޓުން ބުނީ ހެނދުނު 9:00 އިން މެންދުރު 12:30 އަށް ކަމަށެވެ.
މީގެއިތުރުން ކޯޓުން ބުނިގޮތުގައި ރަމަޟާން މަހުގައި ކޯޓުން ރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ހެނދުނު 09:30 އިން 12:30 އަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 އިން 23:00 އާއި ހަމައަށެވެ.
ފެމެލީ ކޯޓުން މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދެއެވެ.
ރަމަޟާން މަހު ފެމެލީ ކޯޓުން ފޯމު ބެލުމާއި ތަކެތި ދޫކުރާނެ ގަޑިތައް އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ