ހުޅުމާލޭގެ ފޭސް އެކެއް އަދި ދެވަނަ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން ސްޓެލްކޯއިން އެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފިއެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނާއި ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުން ވެސް ކަރަންޓު ދިޔަ ކަމަށާއި ކަރަންޓު ކެނޑުނީ ވިނަރެސް ފްލެޓުތަކާ ދިމާލުން ކޮނުމުގެ ތެރޭގައި މައި ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށެވެ.
އެ ކުންފުނިން ބުނީ ކޭބަލް މަރަމާތުކޮށް ހުރިހާ ސަރަހައްދުތަކަކަށް އަލުން ކަރަންޓް ދީފައިވާ ކަމަށާއި ކަރަންޓު ދިއުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް މާފަށް އެދޭކަމަށެވެ.
ދެ ގަޑިއިރު ފަހުން ހުޅުމާލެއިން ކަރަންޓް ދިޔަ ސަރަހައްދުތަކަށް ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ