ރޮޒެއިނާ ހަސަން ލަތީފަށް: ބަލި ޤަބޫލުކޮށް އަސާސީ ޤަވައިދާ ޚިލާފުނުވުމަށް ނަޝީދަށް ވިސްނައިދީ!

އެމްޑީޕީގެ ޕްރައިމަރީ ނިމި ޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅިއްޖެ ކަމަށާއި، ބަލި ޤަބޫލުކުރައްވާ ޕާޓީގެ އަސާސީ ޤަވައިދާއި ޚިލާފުނުވުމަށް ނަސޭހަތްތެރިވެ ދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފުގެ އަރިހުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފި އެވެ. 
ރޮޒެއިނާ މިފަދައިން އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ފަރާތުން ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް މެންބަރު ހަސަން ލަތީފާއި އެސްޓީއޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ހުސެއިން އަމްރު ޖުމްޙޫރީ ޕާޓީއާއެކު މަޝްވަރާކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 
ރޮޒެއިނާ ވިދާޅުވީ އެބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން އެމްޑީީޕީގެ އަސާސީ ގަވައިދު ނަންގަވައިގެން ވިދާޅުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. 
Advertisement
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ނިމިއްޖެ ކަމަށާއި، އެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށްވުމުން، އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއްވެސް ވަނީ ކަނޑައެޅިފައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. 
އެހެންކަމުން ޕްރައިމަރީއިން ނާކާމިޔާބުވެއްޖެ ކަން ޤަބޫލުކުރައްވާ ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް އުޅުއްވުމަށް ދަސްކުރައްވާ، ޕާޓީގެ ރައީސްއަށް އެކަންކަން ވިސްނައިދިނުމަށް މަސައްކަތް ކުރެއްވުމަށް ރޮޒެއިނާ ވަނީ ހަސަން ލަތީފުގެ އަރިހުން އެދިވަޑައިގެންފަ އެވެ. 
މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް 
"ތި ތަނަށް ދިއުމުގެ ކުރިން ޕާޓީގެ އަސާސީ ގަވައިދު ނަންގަވައިގެން ކިޔަވާވިދާޅުވެފަ ޕާޓީގެ ރައީސްއަށް އެއްޗެއް ވިސްނާދެވޭތޯ ބަލާ. ޕާޓީގެ ޕްރައިމަރީ ނިމިއްޖެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އެބަހުރި. ބަލި ގަބޫލުކޮށް ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް އުޅެން ދަސްކުރައްވާ"
މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް 
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާ ރަސްމީކޮށް ޕާޓީގެ ޓިކެޓު ރައީސް ޞާލިހަށް އެރުވުމާއެކު، ޕާޓީން ވަނީ އެހެން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ޞާލިހަށް ދެއްވާފައެވެ. 
އެކަން އެހެން އޮއްވާ ޕާޓީގެ ރައީސް ބޭނުންފުޅުގޮތަކަށް ޕާޓީގެ ތެރެއިން ކަންކަން ނިންމާ، ސިޔާސީ ޕާޓީތަކާއެކު އެމްޑީޕީގެ ވަކި ފެކްޝަނަކުން ކޯލިޝަން ހަދަން ނުނިންމޭނެކަމަށް ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. 
ނަޝީދުގެ ފިކުރެއްގެ ދިރުން ގޮފިން މިހާރު އަމަލުކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ އަސާސީ ގަވައިދާއި ޚިލާފަށްކަމަށާއި، ނަޝީދާއި، އޭނާގެ ވާގިވެރިންނަށް ފިޔަވަޅު އެޅުމަށްވެސް ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ