ޗާގޯސް މައްސަލައިގެ މައުލޫމާތު އާއްމުކޮށް ދެއްވަން ޑރ. ޝަހީދު އެދިވަޑައިގެންފި

މިހާތަނަށް ޗާގޯސް މައްސަލައިގައި ކުރެވިފައިވާ ހުރިހާ މައުލޫމާތު އާންމުކޮށް މިކަމުގައި އާންމުންގެ އިތުބާރު ހޯދުމަށް އެހުރިހާ މައުލޫމާތެއް އާއްމުކޮށް ދެއްވަން ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ގޮވާލައްވައިފި އެވެ.
ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާއި ޗާގޯސްއާ ގުޅޭ ގޮތުން 1980 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި ނިއުޔޯކާއި ލަންޑަނުގައި ހުރި ރާއްޖޭގެ މިޝަންތަކުގައި ރައްކާ ކޮށްފައިވާ ފައިލްތައް އާއްމުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. ސަބަބަކީ މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފެދޭނެ ކަމަކަށް ވާތީ އެވެ.
"މައުލޫމާތު އިތުބާރު އުފައްދާ، އަދި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރިކުރުވޭ ކަމެއް. ސައްހަ، ފުރިހަމަ މައުލޫމާތުގެ އަލީގައި، ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައިދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި ޔުނިވާސިޓީތަކުގެ ޒިންމާއެއް،" ޓްވީޓްގައި ޝަހީދު ވިދާޅުވި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ސަރަހައްދީ ރޮނގު ކަނޑައެޅީ ޗާގޯސްއާ މެދު ރާއްޖޭން ގެންގުޅޭ ސިޔާސަތު މިހާރުގެ ސަރުކާރުން ބަދަލުކުރުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެެވެ.
ސަރުކާރުން މިހެން ބުނެފައިވީ ނަމަވެސް އިދިކޮޅު ފާތްތަކުން މި މައްސަލައިގައި ފެށުނީއްސުރެ ވަކާލާތު ކުރަމުންގެންދަނީ މޮރިޝަސް އަށް ރާއްޖޭގެ ބޮޑުބައެއް ސިއްރު ސިޓީއަކުން ރައީސް ސޯލިހް ވިއްކާލީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ