ސަރުކާރުން ފުއްދީ އެންމެ ވަޢުދެއް، އެއީ ރައީީސް ޔާމީން ޖަލަށްލުން: މޮސްޓާ

މި ސަރުކާރަށް ފުއްދުނު ހަމައެކަނި ވަޢުދަކީ، ކުރީގެ ރައީސް ޔާމީން ޖަލަށް ލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް، މި އަހަރުގެ ދެވަނަ ދައުރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުން ނޫން އެހެން ވަޢުދެއް، މި ސަރުކާރަށް ފުއްދިފައި ނުވާ ކަމަށެވެ.
މޮސްޓާ ވަނީ މިސްކިތްތައް އޭސީ ވެސް ނުކުރެވުނު ކަމަށާއި، މަސްވެރިކަމާ ދަނޑުވެރިކަމަށް ވީ އެއްވެސް ވަޢުދެއް ވެސް ނުފުއްދޭ ކަމަށް ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ކަންތައް ކޮށްދެނީ ކައިރީގައި އުޅޭ، ދެ ތިން މެމްބަރެއްގެ ދާއިރާތަކަށް ކަމަށާއި، އެހެން ދާއިރާތަކަށް އަޅައިނުލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ