ރ. އަތޮޅު ކައުންސިލްގެ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

މި އެއްބަސްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ އެސްޖީ އައިޝަތު ފަރަހަނާޒެވެ. އަދި ޔޫއެޗްއެލްގެ ފަރާތުން އެ ކުންފުނީގެ  އޯނަރ ހުސައިން ފަހުމީއެވެ.ރ. އަތޮޅު ކައުންސިލުން މައުލޫމާތު ދިންގޮތުގައި މި އެއްބަސްވުން ހެދިފައިވަނީ ކޮންމެ މަހަކުވެސް ވަކި އަދަދަކަށްވާ ވަރަށް ތެލާއި ޕެޓްރޯލް ފޯރުކޮށްދޭ ގޮތަށް ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލުން ބޭނުންކުރާ 2 ލޯންޗާއި ލައިސަންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުން އަންނަ ސައިކަލަށް ތެޔޮ ފޯރުކޮށްދޭނީ މި އެއްބަސްވުމުގެ ދަށުންނެވެ.ދެ އަހަރު ދުވަހަށް ހެދި މި އެއްބަސްވުން ހެދުމުގެ މައިގަނޑު ބޭނުމަކީ އާސަންދައިގެ ދަށުން ބަލި މީހުން ގޮވައިގެން އިމަޖެންސީކޮށް ބައެއް ދަތުރުތައް ކުރަންޖެހޭ ހާލަތްތަކުގައި ތެޔޮ އަޅަން ދަތިވުމާއި ތެލުގެ ބާޒާރަށް އަންނަ ބަދަލާއެކު ބައެއް ފަހަރު ތެޔޮ ހޯދަން ދަތިވުމުގެ މައްސަލަ ހައްލުކޮށް ވީހާވެސް ހަރަދު ކުޑަކުރުމަށް އަތޮޅު ކައުންސިލުން ބުނެއެވެ. އުނގޫފާރަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން ގިނަ އަދަދެއްގެ ބަޔަކު އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ