ޔާމީން އެދިވަޑައިގަންނަވަނީ މުއިއްޒަށް ކުރިއަށް ވުރެ ވެސް ބޮޑަށް ތާއީދު ހޯދައިދޭން: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަންނަވަނީ ޕީއެންސީ-ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު އިތުރުކޮށްދިނުމަށް ކަމަށް އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ އަރިހަށް މާފުއްޓަށް ޒިޔާރަތް ކުރެއްވުމަށް ފަހު، ޔާމީންގެ މެސެޖެއް ކަމަށް ވިދާޅުވެ، ޖަމީލް ވިދާޅުވީ މުއިއްޒަށް ތާއީދު އިތުރުކޮށްދިނުމަށް ޔާމީން އެދިވަޑަައިގަންނަވާ ކަމަށެވެ.
ތަފްސީލް - ޔާމީންގެ ވެދުން ރައްޔިތުންނަށް އަރިސްކުރައްވާ ޖަމީލް ވިދާޅުވީ، މުއިއްޒުއަށް އިތުރު ތާއީދު ދީ، ހިތްވަރުކޮށް، ދެވަނަ ބުރު ކާމިޔާބު ކޮށްދިނުމަށް ޔާމީން އެދިލައްވާ ކަމަށެވެ.
" މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް،" ޖަމީލް އެކްސް ގައި ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ ކަމެއް - އިއްޔެ ބޭއްވި އިންތިހާބުގައި ޑރ. މުއިއްޒަށް 101،128 ވޯޓު ލިބިވަޑައިގެންނެވި އެވެ. މި މަހުގެ30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ