އެމެރިކާގެ ރައްޔިތުން ކިޔެވުމަށް ނަގާފައި ހުރި އެތައް ބިލިއަން ޑޮލަރެއް ލޯނު މައާފްކޮށްދޭން ރައީސް ޖޯ ބައިޑަން ނިންމެވި ނިންމުން އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
އެމެރިކާގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ކިޔަވަން ލޯނު ނަގާފައި ހުރިއިރު އޭގެ ތެރެއިން ކޮންމެ މީހަކު މަދުވެގެން 10,000 ޑޮލަރު ދައްކަން ޖެހިފައި އެބަހުއްޓެވެ. އެ ލޯނުތައް މައާފްކުރަން ބައިޑެން ނިންމެވި ނިންމުމާ ދެކޮޅު ހަދައި, ކޯޓަށް މައްސަލަ ހުށަހެޅީ ރިޕަބްލިކަން ކޮންޓްރޯލް ސްޓޭޓްތަކުންނެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމީ އެ ލޯނުތައް މައާފްކުރަން ބައިޑެން ނިންމެވީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެކަމުގެ ސަބަބުން އެމެރިކާގެ އާންމުން "ރުޅިއައިސްފައި" ކަމަށް ބައިޑަން ވިދާޅުވި އެވެ. އަދި އެހެން ގާނޫނުތައް ބޭނުންކޮށްގެން ލޯނުތަކަށް ލުއި ދިނުމުގެ ފިޔަވަޅުތަކެއް އަޅަން އޭނާ ވައުދުވެވަޑައިގެންނެވި އެވެ.
ފާއިތުވި 15 އަހަރު ތެރޭގައި ދަރިވަރުންގެ ޖުމްލަ ދަރަނި ތިންގުނައަށް ވުރެ އިތުރުވެފައިވެ އެވެ. އެގޮތުން، 2007 ވަނަ އަހަރު ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރުގައި ހުރިއިރު މިހާރު 1.6 ޓްރިލިއަން ޑޮލަރަށް އަރާފައިވެ އެވެ. އޭގެ ތެރެއިން 90 ޕަސެންޓް މައާފްކުރަން އޮތީ ނިންމައިފަ އެވެ.
އެމެރިކާގައި އެތައް ބިލިއަން ޑޮލަރެއްގެ ސްޓޫޑެންޓް ލޯނު މައާފްކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ