ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައި، ބަޔަކު ކަނޑުވެއްޖެ

ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް މިއަދު ބަންޑުންޖަހާލައިފިއެވެ. އެމްއެންޑީއެފްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ބަންޑުންޖަހާލައިފައި ވަނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެެވެ. އަދި އޭތި ބަންޑުންޖަހާލާފައި ވަނީ ކާށިދޫ ކަނޑަށް ކަމަށްވެސް ވަނީ ބުނެފައެވެ. އެމްއެންޑީއެފްއިން ވަނީ މި ހާދިސާގައި އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. އެ އުޅަނދުގައި ދަތުރުކުރީ ކިތައް މީހުން ކަމާއި ދަތުރާ ގުޅޭ މައުލޫމާތެއް އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ