އުރީދޫން އިތާފުއްޓަށް ތާރީހީ ސަބްމެރިން ކޭބަލެއް

އުރީދޫ މޯލްޑިވްސްއިން، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް
އިތާފުށްޓަށް ސަބްމެރިން ކޭބަލެއް ގުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އުރީދޫން ބުނީ މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލެއް ގުޅުވާލި ފުރަތަމަ ފަހަރު ކަމަށެވެ.
ތަފްސީލު - އެ ސަބްމެރިން ކޭބަލް އިތާފުށްޓާ ގުޅުވައި، ހިންގަމުން އަންނަނީ މާފުށި  މެދުވެރިކޮށެވެ. އަނެއް ކޮޅުން ހުޅުމާލޭގައި ހުންނަ އުރީދޫގެ ޒަމާނީ ޑޭޓާ ސެންޓަރާ އެ ކޭބަލް ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް އުރީދޫން ބުނެ އެވެ.
އެ ކޭބަލް ގުޅާލުން ފާހަގަކުރަން މިއަދު އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލި އަލް ހަމާދީ ވިދާޅުވީ މިދިޔަ 20 އަހަރުގެ ތެރޭގައި އުރީދޫއަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކުގެ ސިނާއަތުގެ އެންމެ ކުރީ ސަފުގައި އޮންނަ ކުންފުނި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓަކަށް ސަބްމެރިން ކޭބަލެއް ގުޅާލުމަކީ 'ޑިޖިޓަލް ޑިވައިޑް' ނައްތާލައި، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ހާލިދު ވިދާޅުވީ އެ ކޭބަލް ގުޅުވާލުމާ އެކު ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އާ މިންގަނޑެއް ކަނޑައެޅޭނެ ކަމަށެވެ.
އެ ކޭބަލްއާ އެކު އިތާފުއްޓަށް އާޓިފިޝަލް އިންޓެލިޖެންސުން ބާރުދޭ ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާ އެކު، އެ ތަނަށް ދާ ފަތުރުވެރިންނަށް ދެން އޮތް ޖީލުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫން ވަނީ ތައްޔާރުވެފަ އެވެ.
އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި ސަބްމެރިން ކޭބަލް ލޭންޑިންއަކީ ޓޫރިސްޓް ރިސޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ، މުޅިން ގުޅިލާމެހިފައިވާ، މުސްތަގްބަލަށް ތައްޔާރުވެފައިވާ ރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއް ކަމަށެވެ.
ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެރަލް
މެނޭޖަރު ޓީޖޭ ޖައުލަކް ވިދާޅުވީ ފުރަތަމަ ސަބްމެރިން ކޭބަލް ލޭންޑިންގެ ޝަރަފު ލިބުމަކީ އެ ރިސޯޓަށް ބޮޑު އުފަލެއް ކަމަށެވެ.
"އެލެވޭޓެޑް ލަގްޒަރީ އަދި ޕާސަނަލައިޒްޑް ސާވިސް ރަމްޒުކޮށްދޭ
މަންޒިލެއްގެ ހައިސިއްޔަތުން، މިއަދުގެ ދުނިޔޭގެ ދަތުރުވެރިންގެ އަބަދުވެސް
ބަދަލުވަމުންދާ ބޭނުންތައް ފުއްދުމުގައި ސީމްލެސް ކަނެކްޓިވިޓީގެ މުހިންމު
ދައުރެއް އަޅުގަނޑުމެންނަށް ވިސްނޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ