އަޅުގަނޑުގެ ފިރިމީހާ ގިނައިން ހުންނަނީ މަސައްކަތެއް ނުކޮށެވެ. ބުނާނީ ވަޒީފާއެއް ނުލިބެނީ ކަމަށެވެ. އަޅުގަނޑުގެ މަސައްކަތުން ވަޒީފާއެއް ހޯދައިދިނަސް ވަޒީފާއަށް ދާނީ ަމދު ދުވަސްކޮޅަކުއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ކެނޑޭނެއެވެ. އަޅުގަނޑަކީ ދަރިން ދޫކޮށްފައި ވަޒީފާއަށްދާން ބޭނުންވާ އަންހެނަކީމެއް ނޫނެވެ. ވަޒޒީފާއަށް މިދަނީ ނުގޮސްފިނަމަ ވަރިކުރާނެ ކަމުގެ ބިރަށެވެ. މިއީ ދީނުގަ މިކަން އޮންނަ ގޮތްތޯ؟
ކިޔުންތެރިޔާގެ ކަންބޮޑުވުންތަކަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
މިއަދު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އަނބިމީހާ ވަޒީފާއަދާކުރަން ފޮނުވާފައި އެއްވެސް މަސައްކަތެއް ނުކޮށް އަތްއުރާލައިގެން ތިބޭ ފިރިން މިއަންނަނީ ގިނަވަމުންނެވެ. އަދި އެހާލަތުގައިވެސް އަނބިމީހާއަށް މިއަންގަނީ ފިރިމީހާއަށް ކިޔަމަންތެރިވެ ލިބުނު މުސާރަކޮޅު ޙަވާލުކުރަންޖެހޭނީ ފިރިމީހާއާއި ކަމަށެވެ.
ބުނަން ހެއްޔެވެ؟ އަނބިންނަށް އޮތީ ފިރިމީހާއަށް ކިޔަމަންތެރިވުމެވެ. ހަމައެއާއިއެކު އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކެއްވެސްވެއެވެ. އެޙައްޤުތަކުގެ ވާހަކަވެސް ދައްކަންޖެހޭނެއެވެ. އަދާކުރަންވެސް ޖެހޭނެއެވެ.
އަހުރެންގެ ސުވާލަކީ މިއީ ކޮން ދީނެއްގައި އޮތްކަމެއް ހެއްޔެވެ؟ ހަމަޤައިމުވެސް އިސްލާމްދީނުގައި އޮތީ މިގޮތެއް ނޫނެވެ!
އިސްލާމް ދީނުގައި އޮތީ ދިރިއުޅުމަށް ޚަރަދުކުރާނެ ފައިސާ ހޯދުމަކީ ފިރިމީހާގެ ކަމެއް ކަމަށެވެ. އެއީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ވަރުގަދަ ވާޖިބެކެވެ! އެކަން ބަދަލެއް ނުކުރެވޭނެއެވެ. އެއިގެ ތެރޭގައި އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އަނބިމީހާގެ ބޭނުންތައް (އެކަށީގެންވާ ފެންވަރުގަ) ފުއްދައިދިނުންވެސް ހިމެނެއެވެ. ވީމާ ދިރިއުޅޭ ފްލެޓުގެ ކުލިދައްކަންވެސް ފައިސާ އަތެއް ނުލެވޭނެއެވެ.
ދެން އޮތީ ޢާއިލާއަށް ޚާއްޞަ ޙާލަތެއް ކުރިމަތިވުމެވެ. އެޙާލަތުގައިވެސް ވަޒީފާއަށް ދިއުން އަނބިމީހާގެ މައްޗަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އަނބިމީހާ އަމިއްލައަށް ވަޒީފާއަދާކުރަން ކުރިމަތިލުމަކީ މުޅިން ތަފާތުކަމެކެވެ. އަދި އެޙާލަތުގައިވެސް އަނބިމީހާއަށް ލިބޭ މުސާރައަކީ އަނބިމީހާގެ އަމިއްލަ ޙައްޤެކެވެ. ޢާއިލާއަށް ޚަރަދުކުރުމާއި ނުކުރުމަކީ އޭނާގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެކެވެ.
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
އަނބިމިހާގެ ނުރުހުމުގަ ވަޒީފާއަދާކުރުވުމާ އަނބިމީހާގެ މަސައްކަތުން ހޯދާ ފައިސާ އޭނާގެ ނުރުހުމުގަ އަތުލަން ދީން ހުއްދައެއް ނުކުރޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ