އދ. އޮމަދޫގައި މަސްތުގެ ހާލަތުގައި ހުރެ ދިރިއުޅޭ ގޭގައި އަލިފާން ރޯކުރި މައްސަލައެއްގައި 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އޮމަދޫ ގެއެއް ތެރޭ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ތަކެއްޗަށް ގެއްލުންދީ، އެ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ބުނާ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ 9:27 ހާއިރު އެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ:
އެ ރަށަށް ނިސްބަތްވާ އަހްމަދު ނާއިފް، 32، ސްޓެއްލާ
ބުނީ ކީކޭ؟ - "އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާވެފައެއް ނުވޭ. ނަމަވެސް ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި،" ފުލުހުން މިއަދު މީޑީއާއާ ހިއްސާ ކުރި މެސެޖެއްގައި ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވެގެން އަމިއްލަ ގޭގައި އަލިފާން ރޯ ކުރި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ