ދިވެހިންނަށް އިންޑޮނޭޝިއާ އިން އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފި އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ނެރެފި ކޮވިޑް-19: ޖަކާޓާގައި ޓެސްޓްކުރެވޭ މިންވަރު ދެގުނައަށް އިތުރުކުރަނީ ކޮވިޑް-19: މި މަހު ޕީކަށް ދާނެ ކަމަށް ބެލެވޭ:

ރޭ މާލެ ގަޑިން 11:40 ހާއިރު އިންޑޮނީޝިއާގެ އައްސޭރި ފަށަށް އައި ބިން ހެލުމުގެ އަސަރު މާލެއަށް ކޮށްފިއެވެ.
އެންމެ ފުރަތަމަ މެޓު އޮފީހުން ބުނީ އިންޑޮނީޝިއާގެ އައްސޭރި ފަށުން ނިކޮބާރު އައިލޭންޑްސް އަށް ރިކްޓަ މިންގަނޑުން 6.2 ގެ. ބާރިނުގައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށެވެ. އެހެންނަމަވެސް ފަހުން މެޓުން ވަނީ ބިން ހެލުމުގެ އަސަރު ރާއްޖެއަށްކޮށްފައިވާކަމަށް ބުނެފައެވެ.
އެގޮތުން މެެޓުން ބުނީ މި ބިންހެލުމުގެ ލޮޅުންތައް މާލެ އާއި ހުޅުމާލެއަށް ކޮށްފައިވާކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ގދ.ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުމުގެ ރެކޯޑުކުރާ މީޓަރަށް ރާއްޖެގަޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރެކޯޑުކޮށްފައިވާ ކަަމަށެވެ.
މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ނެތް ކަމަށް މެޓުން ބުނެފައިވާއިރު މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިނުވާނެކަން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ