ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން މިހާތަނަށް ކުޅުނު މެޗުތަކުގައި ޖުމްލަކޮށް ރަނގަޅު ކާމިޔާބެއް ހޯދައިފި އެވެ.
އެ ގޮތުން، މި މަހު 27 އިން ފެށިގެން، ކޮރެއާގައި ކުރިއަށްދާ 21 އަހަރުން ދަށުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ، ދެކުނު ކޮރެއާ، ޖަޕާން، ޗައިނީސް ޓައިޕޭ އަދި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެވެ.
ޖުމްލަ އެކު، ފަސް މެޗު ގްރޫޕް ސްޓޭޖުގައި ކުޅެން ލިބޭއިރު، ރާއްޖޭން ފުރަތަމަ މެޗުގައި، ޗައިނީސް ޓައިޕޭއާ ވާދަކޮށް މޮޅުވީ، 51-26 އިންނެވެ. އަދި، ދެ ވަނަ މެޗުގައި، އޭޝިއާގެ ވަރުގަދަ ގައުމެއް ކަމަށްވާ ޖަޕާނާ ދެކޮޅަށް ނުކުމެ ރާއްޖޭގެ ޓީމުން ކާމިޔާބު ހޯދީ، 59-32 އިންނެވެ. ތިން ވަނަ މެޗުގައި، ސައުދީ އަރަބިއްޔާއާ ވާދަކޮށް، ވަރުގަދަ ކުޅުމެއް ދައްކައި، ފަރަގު ބޮޑު ނަތީޖާ އަކުން މޮޅުވި އެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާ އަތުން މޮޅުވީ، 73-20 އިންނެވެ.
ގްރޫޕްގައި ރާއްޖެ އަށް ދެން އޮތީ މިއަދު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން، އަންނަ ހޯމަ ދުވަހު، ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމު ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.
މި މުބާރާތުގައި ރާއްޖޭން ވާދަކުރަމުން އަންނަނީ، ތަޖުރިބާކާރު ކޯޗު، ނީޝާ ހަލީމްގެ އިތުރުން، ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ކޯޗިން ޓީމެއްގެ އިރުޝާދުގެ ދަށުންނެވެ. ޖުމްލަކޮށް، ބަލާއިރު، ޒުވާން އަންހެން ނެޓްބޯޅަ ޓީމުގެ ނަތީޖާތައް ފެންނަނީ އުންމީދު ބޮޑުކޮށެވެ.
އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގައި ރާއްޖެ އަށް ކާމިޔާބީތަކެއް އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގައި ރާއްޖެ އަށް ކާމިޔާބީތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ