ރާއްޖެ އިޝްތިހާރު ކުރަން ގެންގުޅޭ ލޯގޯ އަށް ބަދަލުތަކެއް ގެނެސްފި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގެންގުޅޭ ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން އަށް ބައެއް ބަދަލުތައް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީ އިން ގެންގުޅޭ ބްރޭންޑިން އާއި ޓެގްލައިންގެ ބައެއް ކުލަތަކަށާއި ފޮންޓަށް ބަދަލު ގެނެސް މިއަދު އާންމުކޮށްފައިވާއިރު އެ ކުންފުނިން ބުނީ މިއީ ބްރޭންޑިން އިތުރަށް ފުރިހަމަ ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.
ތަފްސީލް - ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްކުރާ ހުރިހާ ޕްލެޓްފޯމެއްގައި ވެސް ފުރިހަމަކަމާ އެކު ފެންނާނެހެން ލޯގޯ އަށް ބަދަލު ގެނެސްފައިވާއިރު ލޯގޯގެ 'ކަލަ ޓޯން' އަށް ބައެއް ބަދަލުތައް ގެނެސްފައިވަނީ ހާމަތަންތަނުގައި މި ލޯގޯ ބޭނުންކުރާއިރު ބަލާ މީހުންނަށް ފަސޭހައިން ފާހަގަވާނެގޮތަށް އަދި ބަލާލަން ފަސޭހަވާނެހެން ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.
މިއާއެކު
ބްރޭންޑު ރިކޮގްނިޝަން ވަރުގަދަވާނެ
ރާއްޖެ އިޝްތހާރު ކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާވާނެ
އެމްއެމްޕީއާރުސީ އިން ބުނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އާ ލޯގޯ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ