މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ އިން ނ .އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމަޔަށެވެ. މި ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
މީގެއިތުރުން މެޓުން ބުނީ، މި ހުދު ސަމާލުގެ ސަބަބުން ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށެވެ. ހަމައެއާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ.
އަދި އުތުރާއި މެދު ރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯޯސްވެ، ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ