އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިންޒާރު މިއަދު ވަރުގަދަކޮށްފިއެވެ.
އެގޮތުން އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރްއެންއޭގައި ރިޕޯޓްކޮށްފައިވާގޮތުގައި ޚާމަނާއީގެ އިންޒާރުގައި، އިޒްރޭލުގެ ޔަހޫދީންގެ ހަމަލާތައް ހުއްޓާނުލާނަމަ މުސްލިމް ގައުމުތަކާއި މުސްލިމު ފައުޖުތަކުގެ ކެތްތެރިކަން ކޮޅުންލާނެއެވެ. އަދި އެކަން އެ މަގުން ހިނގައިފިނަމަ އެމީހުންނަށް ސަލާމަތެއް ނެތްކަން ޚުދު އެމީހުންނަށްވެސް އެނގޭނެކަމަށާއި އެއީ ބަދަލު ނުކުރެވޭނެ ހަޤީގަތެއް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
އައިއާރްއެންއައި އިން ރިޕޯޓްކޮށްފައިވާގޮތުގައި ޚާމަނާއީ މިހެން ބުނެފައިވަނީ އެކަޑެމިކް އެލީޓުންގެ ވަފުދަކާއެކު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުކުރެއްވުމަކަށް ފަހުގައެވެ.
މީގެ އިތުރުން ހަމާސް އިން ދިން ހަމަލާތަކަކީ އިޒްރޭލު ލަދު ގަންނަވާލި ހަމަލާތަކެއް ކަމަށާއި އެކަމަކީވެސް ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމުގައިވެސް ޚާމަނާއީ ބުނެފައިވެއެވެ.
އިރާނުގެ ސުޕްރީމް ލީޑަރު މިއަދު މިހެން ބުނެފައިވާއިރު އިރާނުގެ ފޮރިން މިނިސްޓަރުވެސް ރޭގައި އިންޒާރެއް ދީފައިވެއެވެ. އެ އިންޒާރުގައިވެސް އިޒްރޭލުން ހަމަލާތައް ހުއްޓާނުލާނަމަ ކައިރި ވަގުތުތަކެއްގައި އީރާން އަދި ގުޅިފައިވާ ފަރާތްތަކުން އަމަލީ ސިފަތަކެއް ގެންނަންޖެހިދާނެކަމުގެ އިޝާރާތެއް ދީފައިވެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a897ffc2e5570c463084d85c9a3ee689" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އިރާނުގެ ސުޕްރީމް ލީޑަރުގެ އިންޒާރު ވަރުގަދަކޮށްފި: މުސްލިމުންގެ ކެތްތެރިކަން ކޮޅުންލައިފިނަމަ އަހަރެމެން ނުހުއްޓުވޭނެ !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ