ގއ.ވިލިނގިލީގައި އާއިލާގެ ނުރުހުމުގައި ކައިވެނިކުރަން އުޅުނު ޒުވާން ދެ ކުދިންނަށް ކޯޓުން ވަލީ ދިނުމާ ގުޅިގެން ކޯޓު ދޮށަށް އެއްވެ ހަމަނުޖެހިން ހިންގައިފިއެވެ.
ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކޯޓް ދޮށަށް އެއްވެ ހަމަނުޖެހުން ހިނގީ ކައިވެނި ކުރަން އުޅުނު އަންހެން ކުއްޖާގެ ބައްޕަ ވަލީ ނުދިނުމުން އެކުއްޖާ ވަލީ ހޯދަން ކޯޓަށް އައުމުން ކޯޓުން އެކުއްޖާއަށް ވަލީ ދިނުމާ ގުޅިގެން ކަމަށެވެ.
އަދި ކޯޓުތެރެއަށް ވަދެ އަންހެން ކުއްޖާ ގެންދަންވެސް އާއިލާއިން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލިނގިލީ ކޯޓު ކައިރީގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ. ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ކޯޓުން ވަލީ ދިނުމުން އާއިލާއިން ކޯޓު ދޮށުގައި ހަމަނުޖެހުން ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ