އަންނަ އަހަރު އިތުރު 16 ކުއްތާ ގެންނާނަން: އުމަރު

ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އަންނަ އަހަރު އިތުރު 16 ކުއްތާ ރާއްޖެ ގެންނާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. '
ހުޅުލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އަންނަ އަހަރު 16 ކުއްތާ ގެންނަން ނިންމާފައިވާއިރު ކުއްތާތައް ތަމްރީން ކުރުމަށް މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރު ގެނެވޭ ކުއްތާތަކާއެކު އަތޮޅު ތަކުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ކުއްތާ ރާއްޖެ ގެނެސް ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތި އަތުލައިގަނެވުނަސް އެއީ މަސްތުވާތަކެތީގެ މައްސަަލަ ހައްލުވީ ކަމަށް ނުބެލެވޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ކާމިޔާބު ކުރެވޭނީ ތަހުގީގުތައް މިހާރަށް ވުރެވެސް ރަނގަޅުކޮށް ޝަރުއީ މަރުހަލާއިން އެފަދަ މައްސަލަތަކުގައި ރަނގަޅު ނިންމުންތަކެއް ނިންމައިދީގެން ކަމަށެވެ. އަދި ތަހުގީގުތައް މިހާރަށްވުރެ ވަރުގަދަކުރަން އުމަރު ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވާފަ އެވެ.
މިއަދުގެ މިރަސްމިއްޔާތުގައި ފާރަގެމަ ބަލަހައްޓާ ފުލުހުންގެ ސްކޮޑްގައި ހިމެނޭ ބޭފުޅުންނަށާއި، އެބޭފުޅުން ތަމްރީނު ކުރުމަށް ރާއްޖެ އައިސް ތިބި ބޭރުގެ ތަޖުރިބާ ކާރުންނަށް ވަނީ ހަނދާނީ ލިޔުން ދީފަ އެވެ.
އަންނަ އަހަރު 16 ކުއްތާ ގެނައުމަށް ނިންމާފައިވާއިރު، މިއަހަރު ރާއްޖެ ގެނައި 16 ކުއްތާ މިހާރު ދަނީ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ