ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޝަހީދު މުޙައްމަދު، ޢައްޔަން ކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް މަޖިލީހުން ފާސްކުރެއްވި، ހުވަދުއަތޮޅު އުތުރުބުރި ވިލިނގިލި ވައިޖެހޭގޭ ޝަހީދު މުޙައްމަދު، އެކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢައްޔަން ކުރައްވައިފިއެވެ.
ޝަހީދު މުޙައްމަދަށް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޝަހީދު މުޙައްމަދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޝަހީދު މުޙަންމަދު ވަނީ ކުރައްވައިފައެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ