ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރުގެ ކަށު ނަމާދު ހުޅުމާލެ ސަހަރާ މިސްކިތުގައި ބޭއްވުމަށް ނިންމައިފި އެވެ.
ކަށު ނަމާދު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިރޭގެ އިޝާ ނަމާދަށްފަހު އެވެ.
މޫނުފުޅު ދެއްކުން ވެސް އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.
ކަށު ނަމާދަށްފަހު ހަށިކޮޅު މާލެ ގެނެސް އުމަރު ޒާހިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ގަލޮޅު ސަހަރާގަ އެވެ.
ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލަނީ ގަލޮޅު ސަހަރާގަ އެވެ.
އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.
އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ ހެޔޮ އެދުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.
އުމަރު ޒާހިރުގެ ކަށުނަމާދު ހުޅުމާލެ ސަހަރާ މިސްކިތުގައި، ޖަނާޒާ ގަލޮޅު ސަހަރާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ