ފެހެންދޫ ސްކޫލް ސެޓެލައިޓް ސްކޫލަކަށް ބަދަލު ކުރަނީ

އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކިޔަވައިދިނުމަށް ހިންގާޕްރޮގްރާމްގެ ދަށުން ބ.ފެހެންދޫ ސްކޫލް ސެޓެލައިޓް ސްކޫލަކަށް ބަދަލު ކުރަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފި އެވެ.
އެގޮތުން ފެހެންދޫ ސްކޫލްގެ ދެ ކްލާސް ރޫމާއި އޮފީސް އިމާރާތް އަޕްގްރޭޑް ކުރަން މިހާރުވަނީ ކޭޑީ އެންޓަޕްރައިސަސް އާ ހަވާލުކޮށްފަ އެވެ.
މިކަމުގެ އެއް ބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރރު މުހައްމަދު ރިޔާޒެވެ. ކޭޑީ އެންޓަޕްރައިސަސް ފަރާތުން ސޮއި ކުރެއްވީ ޓެންޑާ އޮފިސަރު އަބްދުﷲ މާހިރެވެ.
30 ދުވަހުގެ ތެރޭގައި މި މަސައަކަތް ނިންމާގޮތަށް އެކުންފުންޏާ ހަވާލު ކޮށްފައިވަނީ 1.2 މިލިޔަން ރުފިޔާއަށެވެ.
ފެހެންދޫގެ އާބާދީ ކުޑަވުމުން އެރަށު ސްކޫލުގައި ކިޔަވައެއް ނުދެ އެވެ. ސްކޫލުގައި ތިބެނީ އެންމެ 26 ކުދިންނެވެ. އެހެންވެ އެ ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދުއަށެވެ.
ސެޓަލައިޓް ސްކޫލް ޕްރޮޖެކްޓަކީ މި ސަރުކާރުން އަލަށް ފަށާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ވ.ރަކީދު އާއި އެ އަތޮޅު ތިނަދޫގައި ވެސް “ސެޓްލައިޓް ސްކޫލް” ގާއިމްކުރަން ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ