ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ދައުލަތް ގަބޫލުނުކޮށް ދިވެހި ބިމާ ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ގަބޫލުކުރި ނަމަވެސް ސިއްރުން ދައުލަތުން މާލީ އެހީ ހޯދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންްގެ ބައްދަލްވުމުގައި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ އެމީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި ދިވެހި ބިމާ ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ. އަދި އެމީހުންނަކީ އައިއެސް ޖަމާއަތުގެ ފިކުރަށް ތާއީދުކުރާ ބައެއް ކަމަށާއި އެފިކުރު ރާއްޖޭގައި ފަތުރަށް މަސައްކަތްކުރާ ކަމަށް ވެސް ތަހުގީގަށް ވަނީ ފާހަގަވެފައި ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް އެ މީހުންގެ ވިސްނުމާއި ފިކުރަށް ތަބާވާ މީހުންނާއި ސިއްރުން އެ އުސޫލާއި ހިލާފަށް އަމަލު ކުރާ ކަަމަށެވެ. އެގޮތުން އިންކަމް ސަޕޯޓް އެލަވަންސް ހޯދުމާއި އެންސްޕާ ފަދަ އިދާރާތަކުން މާލީ އެހީ ހޯދާ ކަމަށެވެ. އެކަން ކުރަނީ އޮޅުވާލުމުގެ ތެރެއިން ސައްހަ ނޫން ލިޔެކިޔުންތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ ތެރެއިން ބައެއް މީހުންނަކީ ދިވެހިރާއްޖޭގެ ދައުލަތުން ހަރަދުކުރާ ފައިސާ އެ މީހުންގެ އަމިއްލަ ކަންކަމަށް ހޯދާ ބޭނުންކުރާ ބައެއް. އެގޮތުން ދައުލަތުގެ އިންކަމް ސަޕޯޓް އެލަވަންސް ހޯދުމާއި އެންސްޕާ ފަދަ އިދާރާތަކަށް ހުށައަޅައިގެން މާލީ އެހީތެރިކަން ހޯދުން ފަދަ ކަންކަން މީގެ ތެރެއިން ބައެއް މީހުން ކުރާކަން ފާހަގަކުރެވޭ. އަދި މިކަންކުރުމުގައި މި މީހުން ސައްހަ ނޫން ޑޮކިއުމަންޓް ފަދަ ގާނޫނާއި ހިލާފު އަމަލުކޮށްގެން މި ފައިސާ ހޯދާ މިފަދަ ފައިސާ ބޭނުންކުރޭ،"
ރިޔާޒު ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންގެ ފޯނުން ފެނުނު މަންޒަރުތަކުން އެއީ އެ މީހުން އެ ބުނާފަދަ ދީނީ ގޮތުން ހަރުދަނާ ރަނގަޅު އަގީދާއެއްގައި ތިބި ބައެއް ނޫންކަންވެސް ހާމަވާ ކަމަށެވެ. އެެހެން ކަމުން އެ މީހުންގެ ވާހަކަތައް އަޑުއަހާ އެފަދަ މީހުންނަށް ހަމްދަރުދީވާ މީހުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރެއްވިއެވެ.
ދެކެނީ ކުފުރުގެ ބިމެއް ކަމަށް، އެކަމަކު އިންކަމް ސަޕޯޓް ހޯދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ