ކޭބަލްއަކަށް ގެއްލުންވެ، ހިޔާ ފުލެޓުތަކުން ކަރަންޓު ކެނޑިއްޖެ

ކަރަންޓު ކޭބަލްއަކަށް ގެއްލުންވެ، ހިޔާ ފުލެޓްތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ހިޔާ ފުލެޓެއްގައި އުޅޭ މީހަކު “ހަފްތާ” އަށް ބުނީ، ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު ކަމަށެވެ.
އެކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ، ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށްވެސް ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރުތަކަށް ގިނަ އަދަދެއްގެ މީހުން ވަނީ ބަދަލުވެ ނިމިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ