ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ކަންކަން ކުރުމަށް ލުއި ފަސޭހަ އިންތިޒާމްތަކެއް މިއަދު ހައިކޯޓުން ހަމަޖައްސައިދީފި އެވެ.
ކުށުގެ ރިކޯޑު ސާފުކުރުމަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ހައިކޯޓުން މިއަދު ވަނީ، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އަށް އެ ކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަށް ނިންމާފަ އެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ވެސް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
ހައިކޯޓުން ބުނީ އެ ކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނަ ގަޑިތަކުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމަށް ގެންނަ ފޯމްތައް ބަލައިގަންނާނެ ކަމަށެވެ. އަދި އެ ފޯމްތައް ދުވަހުން ދުވަހަށް ދޫކުރުމަށް ހައިކޯޓުން މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް ބުންޏެވެ.
ލޯކަލް ކައުންސިލް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. މިހާރު އެ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
ކުށުގެ ރެކޯޑް ސާފުކޮށްދޭން ހައި ކޯޓުން ފަސޭހަ އިންތިޒާމްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ