މެމްބަރު ހުސެއިން ޝަހީމަށް ފިޔަވަޅުއަޅަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅާފައެއް ނުވޭ

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ލީކުވި މައްސަލަ އާއި ގުރޫޕު ހަދައިގެން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިހާތަނަށް އެމްޑީޕީގެ ޕީޖީއަށް ހުށަހަޅާފައި ނުވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އަނދުން ހުސައިން ކަމަށް ބުނާ މީހަކު ބަރަހަނާ ހާލުގައި ފެންނަ ފޮޓޯއެއް ސޯޝަލްމީޑިއާގައި ދައުރުވާން ފެށީ މިދިޔަ ހުކުރުދުވަހުއެވެ. އެކަމާ ގުޅިގެން މީޑިއާގައި އޭނާ ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ އެއްވެސް ކަމަކާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.
އެޕާޓީގެ އުސޫލުތައް އޮންނަ ގޮތުން ޕީޖީ ގުރޫޕުން މެންބަރެއްގެ މައްސަލަ ބަލާނީ އެފަދަ މައްސަލައެއް ހުށަހެޅުމުންނެވެ.
ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭހެން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އަދި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމެފައިވާ މިދަނޑިވަޅުގައި، މިކަމުގެ ތަހުގީގު ދިވެހި ފުލުހުން ކުރަމުންދާއިރު، މި ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ދިވެހި ފުލުހުންނަށް ލަފާދިނުމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ޓީމަށް ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ނަމަވެސް މިފަހުން މީސްމީޑިއާގައި ދައުރުވަމުންދާ ބަދުއަޚްލާގީ ވީޑިއޯތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާއިރު، މި ތަހުގީގުގައި ބޭރުގެ އެއްވެސް ގައުމެއްގެ މުއައްސަސާއެއްގެ ބައިވެރިވުން ނޯންނާނެކަމުގެ ޔަގީންކަން ދޭކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެއެވެ.
ލީކުވި ވީޑިއޯތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑީއޯއެއް ވަނީ ލީކްވެފައެވެ. ނާޒިމް އެ ތުހުމަތު ދޮގުކުރައްވާފައި ވާއިރު، ފުލުހުން އަންނަނީ އެ މައްސަަލަ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން ވެސް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ކަމަށް ބުނާ މީހަކު އަންހެނަކާއި އިތުރު ފިރިހެނަކާ އެކު ބަރަހަނާ ހާލުގައި ތިބޭ ފޮޓޯއެއް ވަނީ ލީކްވެފައެވެ. އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރުގެ ވީޑިއޯއެއް ލީކްވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަމަށް ރާއްޖޭގެ މީޑިއާއަކުން ތުހުމަތުކުރާއިރު، މި މައްސަލައިގައި މެމްބަރު ސަލީމް ވަނީ އެ މީޑިއާއާ ދެކޮޅަށް ދައުވާ ކޮށްފައެވެ. ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދުމަށް މެމްބަރު ސަލީމް ވަނީ ދައުވާކޮށްފައެވެ. އަދި އެ މީޑިއާއިން ކުރާ ތުހުމަތުތައް މެމްބަރު ސަލީމް ދޮގުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ