މިރޭގެ ހަނދުކޭތަ ބަލައިލަން އެހާ ރީއްޗެއް ނުވާނެ: މައުމޫން

މިރޭ ހިފާ ހަނދުކޭތަ ބަލައިލަން އެހާ ރީތި ނުވާނެ ކަަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭ ގަޑިން މިރޭ 10:07 އިން ފެށިގެން މެންދަމު 02:12 އާ ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާއިރު އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެއެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ މެންދަމު 12:10 ގައެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ ހިފަނީ "ޕެނަމްބްރަލް" ހަނދުކޭތައެއް ކަމުން ހަނދުގެ އަލިންކަން ގެއްލޭނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި އެއީ ބަލައިލަން އެހާ ރީތި މަންޒަރެއް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ.
މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ކޭތަ ނަމާދުކުރުން ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތުގައި މިރޭ މެންދަމު 12:00 ގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ