ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު ފަސް ޕަސެންޓް އިތުރުވެއްޖެ

މި އަހަރުގެ ދެވަނަ ކްއާޓަރުގައި ބޭންކު ތަކުން ދޫކުރި ލޯނުގެ އަދަދު ފަސް ޕަސެންޓް އިތުރު ވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
އެމްއެމްއޭ އިން ނެރެފައިވާ ކްއާޓަލީ ބްލެޓިން ރިޕޯޓުގައިވާ ގޮތުން ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު ވަނީ 1.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މި މުއްދަތުގައި ރާއްޖޭގެ ބޭންކިން ސެކްޓާގެ ކުރިއެރުން ހުރީ ރަނގަޅު މިންވަރެއްގަ އެވެ. އެގޮތުން ބޭންކުތަކުގެ ޕްރީ ޓެކްސް ޕްރޮފިޓް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 22 ޕަސެންޓް އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މި މުއްދަތުގައި ނޮން ޕާފޯމިން ލޯންސް (އެންޕީއެލްއެސް) ގެ މިންވަރު ވަނީ 14 ޕަސެންޓް އިތުރުވެ، 302 މިލިއަން ރުފިޔާއަށް އަރާފަ އެވެ.
ރާއްޖޭގައި މިހާރު ބޭންކިން ވިޔަފާރީގައި ހަ ބޭންކެއް ހަރަކާތްތެރި ވެއެވެ. އެއީ ގައުމީ ބޭންކް ބީއެމްއެލްގެ އިތުރުން ބޭންކް އޮފް އިންޑިއާ އާއި ބޭންކް އޮފް ސިލޯނާއި ހަބީބް ބޭންކް އާއި މޮރިޝަސް ކޮމާޝަން ބޭންކްގެ އިތުރުން އިސްލާމިކް ބޭންކް އާއި އެމްސީބީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ