ފަނޑިޔާރެއްގެ ނިންމުމަކާ ގުޅިގެން ސުލޫކީ މައްސަލައެއް ނުބެލޭނެ: ސުޕްރީމް ކޯޓު
ފަނޑިޔާރަކު ނިންމާ ނިންމުމެއް ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސުތަކާ ގުޅުވައިގެން އެ ނިންމުން ގޯސްކަމަށް ބުނެ، އެ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. އެ ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައިވަނީ ރާއްޖޭގެ ޝަރުއީ ކޯޓުގެ އެއްވސް މަރުހަލާއެއްގައި މައުޟޫއީ ނުވަތަ އިޖުރާއީ ގޮތުން ވިޔަސް ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ ސުލޫކީ މައްސަލަ ބަލައި، ފަނޑިޔާރު ޖަވާބުދާރީކުރުވައި އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނީ އަދި ޝަރުއީ ގޮތުންވެސް އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހްތިސާސެއް ނޫންކަމަށެވެ. އެހެންކަމުން ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން، ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދ ިގާނޫނީ އަސާސުތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ. ތަފްސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ