މާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން މީޑިއާ ނެޓުގެ ޚިދުމަތް މުޅި ރާއްޖެއިން މެދުކެނޑިއްޖެ

މީޑިއާ ނެޓުގެ ކޭބަލް ޓީވީގެ ޚިދުމަތް މުޅި ރާއްޖެއިން މެދުކެނޑިއްޖެ އެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މީޑިއާ ނެޓުގެ ޚިދުމަތް މުޅި ރާއްޖެއިން ކެނޑިފައި ވަނީ މީގެ ގަޑިއެއްހާ އިރު ކުރީންނެވެ. އެހެން ދިމާވެފައި ވަނީ މާލޭގައި މީޑިއާނެޓުގެ ހެޑް އޮފީސް ހުންނަ ސަރަހައްދުން ކަރަންޓު ދިއުމުގެ ސަބަބުންނެވެ.
އެނގިފައިވާ ގޮތުގައި މާލޭގައި މީޑިއާނެޓު ހުންނަ ސަރަހައްދަށް ކަރަންޓު ލިބޭނީ ހަވީރު 04:00ހާއިރު އެވެ. މީޑިއާ ނެޓުގައި ބޭނުންކުރަނީ ސްޓެލްކޯ ކަރަންޓެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މީޑިއާނެޓުގައި ބެކަޕް ޖަނަރޭތަރެއް ނުހުރެ އެވެ. އެއީ ވަކީން ޖަނަރޭޓަރެއް ބަހައްޓަން ހުއްދަ ނުދޭތީ ކަމަށް އެނގިފައިވެ އެވެ. އެހެން ކަމުން ކަރަންޓު ދިއުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ މީޑިއާނެޓުން ބޭނުންކުރަނީ ބެކަޕްގައި ހުންނަ ޔޫޕީއެސްތަކެވެ. އޭގެން ކަރަންޓު ހިފަހައްޓައިދެނީ ކުޑަ ވަގުތުކޮޅަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ