މަސައްކަތް ކުރައްވާނީ ތަޖުރިބާކާރު ބޭފުޅުންގެ އިރުޝާދާއެކު ވިލިމާލެ ރައްޔިތުންނަށް ފަހި ދިރިއުޅެއް ހޯދާދިނުމަށްކަމަށް ކުރީގެ ނާއިބް ރައީސް ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ދައުލަތަށް ވަރަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށްވާ އުމަރު ޒާހިރު، ޑރ ޖަމީލްގެ ކެންޕެއިން ހަރަކާތުގައި މިއަދު ބައިވެރިވެވަޑައިގަތުމާއި ގުޅިގެން އެކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އިސްލާހީ މަސައްކަތުގައި އިސް ދައުރެއް އަބަދުވެސް އަދާކުރައްވަމުން ގެންދަވާ ޑރ ޖަމީލް ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި، އޮނަރަބަލް އުމަރު ޒާހިރު، އެމަނިކުފާނުގެ ކެންޕެއިންގައި ބައިވެރިވެވަޑައިގަތުމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށެވެ.
އަދި މަސައްކަތް ކުރައްވާނީ އެފަދަ ތަޖުރިބާކާރު ބޭފުޅުންގެ އިރުޝާދާއެކު ވިލިމާލެ ރައްޔިތުންނަށް ފަހި ދިރިއުޅެއް ހޯދާދިނުމަށްކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
2013ވަނަ އަހަރުވެސް ނަމޫނާ ކެންޕެއިނެއް ކުރައްވާފައިވާ ޑރ ޖަމީލް ގެންދަވަނީ ކޮންމެ ދުވަހަކުވެސް، ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވާ އާންމު ރައްޔިތުންނާއި ބައްދަލުކުރައްވާ، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ.
އަދި ވިލިމާލޭގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް، އެ މުއައްސަސާތަކުގެ ހާލަތު ދެނެގަނެ، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެ ތަންތަނުގައި ހުރި މައްސަލަތައް ދަނީ ގެންނަވަމުންނެވެ.
ޚާއްސަކޮށް ވިލިމާލޭގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް ޑރ ޖަމީލް ގެންދަވަނީ ވަރަށް މަސައްކަތް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ވިިލިމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ ތަނުގެ ހާލަތު ވަނީ ބައްލަވާލައްވާފައެވެ. އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ ސަމާލުކަމަށް އެކަންކަން ގެންނަވާ، މިނިސްޓަރާއެކު ވިލިމާލެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައިވެއެވެ.
މީގެ އިތުރުން ކުންފުނިތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ، ވިލިމާލޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ވިލިމާލޭގައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ތަންތަނާއި، އާއިލާއެކު ވަގުތު ހޭދަކުރެވޭނެފަދަ ތަންތަން ހެއްދެވުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލްގެ ކެންޕެއިންގައި ކުރީގެ ވަޒީރު އުމަރު ޒާހިރު ބައިވެރިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ