މިހާރު ފެނަކައަކީ ސިޔާސީ ޖަގަހައެއް.: ލަމްއާން

ފެނަކަ ކޯޕަރޭޝަންއަކީ މިހާރު ސިޔާސީ ޖަހައެއް ކަމަށް އެ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.ޗެނެލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަދައްވަމުން ފެނަކަ ކޯޕަރޭޝަނުގހެ ކުރީގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ލަމްއާނު ވިދާޅުވީ، މިމަހުގެ 17 ވަނަ ދުވަހު ފެނަކައިން ނެރުނު ނޫސްބަޔާނަކީ ވަރަށް ޖަޒުބާތީ ނޫސް ބަޔާނެއް ކަމަށެވެ.އަދި މީގެ ކުރިން އެމްޑީޕީ ބޭފުޅުން ތުހުމަތުކުރަމުން ގެންދިޔައީ ފެނަކައަކީ ސިޔާސީ ޖަހައެއްގެ ގޮތުގައި ކަމަށާ ނަމަވެސް ހަގީގަތަކީ ސިޔާސީ ޖަގަހައަކަށް އެ ކޯޕަރޭޝަނު ބަދަލުވެގެން ގޮސްފައިމިވަނީ އެ ބޭފުޅުންގެ ވެރިކަމުގައި ކަމަށެވެ.އަދި ރައީސް ޔާމީންގެ ދައުރުގައި ފެނަކައިގެ މުވައްޒަފުން އަބަދުވެސް މަސައްކަތް ކޮށްދެމުން ގެންދެވީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށާ އަދި މަސައްކަތް ކޮށްދެއްވާފައި ހުންނާނީ ވެސް ރައްޔިތުންގެ ހައްގުގައި ކަމަށް ލަމްއާން ވިދާޅުވިއެވެ.ލަމްއާނު އިތުރަށް ވިދާޅުވީ، ފެނަކައިން ނެރުނު ނޫސްބަޔާނަކީ ޖަތުބާތީ އެއްޗެއްކަމަށް އެތަނުގެ މުވައްޒަފުންވެސް ބުނެފައިވާ ކަމަށާ ރައްޔިތުންނަށް ޚިދުމަތް ދޭ މުއައްސަސާއެއް އެހާވަރަށް ސިޔާސީ ވުމުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތް އެންމެ ހެޔޮ ގޮތުގައި ފޯރުކޮށް ނުދެވޭ މަންޒަރު މިހާރު ފެންނަމުން ދާ ކަމަށާއި އެ ބަޔާނަކީ އެއްވެސް އަސްލެއް އަދި ހަގީގަތެއް ނެތް ބަޔާނެއް ކަމަށްވެސް ލަމްއާން ވިދާޅުވިއެވެ.އަދި ބަޔަކާ މެދު ތުހުމަތު ތަކެއް ކުރެވިދާނެ ކަމަށާ ނަމަވެސް އެ ބޭފުޅާ އެންމެ ފަހުން ފެނަކައިގެ ވެރިއެއްގެ ގޮތުގައި ދެއްވި ޕްރެސްގައި ވިދާޅުވި ފަދައިން މައްސަލައެއް އޮތް ނަމަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވުމަށް އަދި ވެސް ތަކުރާރުކޮށް ވިދާޅުވާ ކަމަށެވެ.އަދި ނުހަނު ކެރިވަޑައިގެން ހުންނަވާ ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް ވެސް ލަމްއާނު ވިދާޅުވިއެވެ. އަދި އަދުގެ ސަރުކާރަށް ފެނަކަ ކުންފުނި ހަރުދަނާ ކަމާއެކީގައި ނުހިންގޭނަމަ އެތަނުގެ މަަސައްކަތްތައް މިހާރުން މިހާރަށް ހަވާލުކުރިއަސް އެ މަސައްކަތް ކުރުމުގެ ގާބިލްކަމާއި ކުޅާދާނަކަން އެބަހުރި ކަމަށް ލަމްއާން ވިދާޅުވިއެވެ.ރާއްޖޭގެ އަތޮޅުތަކުގައި ފެނާ ކަރަންޓާ ނަރުދަމާގެ ޚިދުމަތް ދޭން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އުފެއްދި ފެނަކަ ކޯޕަރޭޝަނުގެ މަސައްކަތް ހަމަ އެ ރައީސްގެ ދައުރުގައި ހުއްޓިފައި ވަނިކޮށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެ ކޯޕަރޭޝަނުގެ މަސައްކަތް އަލުން ފައްޓަވާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ސައުވާސް ގަޑިއިރު ކަރަންޓު ޔަގީންކޮށް ދެއްވިއެވެ.ނަމަވެސް މި ސަރުކާރު އައި ފަހުން މާލެ އާ އަތޮޅުތަކުގައި ކަރަންޓުގެ ޚިދުމަތަށް ވަރަސް ގިނައިން ބުރޫ އަރަމުން ގެންދާއިރު ދާދި ފަހުން އެ ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ކުރީގެ ރައީސް ވަހީދު އާ ކުރީގެ ރައީސް ޔާމީންގެ ޒަޢާމަތުގައި ފެނަކައިގެ ޚިދުމަތްތައް ދިނުމުގައި އިހުމާލު ވެފައިވާ ކަމަށާ މިހާރު ކުރިމަތި ވަމުންދާ ކަންކަމުގެ ޒިންމާވެސް އެ ދެބޭފުޅުން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވަނީ ބުނެފައެވެ.މި ސަރުކާރު އައި ފަހުން ފެނަކައިން ދަނީ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރަމުންނެވެ. އަދި މީގެ ކުރިން ސަރުކާރުގެމުއައްސަސާ އަކުން ސިޔާސީ ކަންކަމުގައި ބަސް ނުބުނާ ވަރަށް ފެނަކައިން ދަނީ ސިޔާސީ ގޮތުން ބަސް ބުނެ އަދި ޓްވީޓުވެސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ