އިދިކޮޅުގައި ވިންދު އެބަހުރި އަދި އިދިކޮޅުގައި ދިރުން އެބަހުރި: އުމަރު ނަސީރު
ދިވެހިރާއްޖޭގައި މިއަދު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ އެއް ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގައި ދިރުން އެބަހުރި ކަމަށާ އިދިކޮޅުގައި އެޕާޓީ އޮތް އިރު އެޕާޓީގައި ވިންދުވެސް އެބަހުރި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ."އިދިކޮޅު މާހެފުން"ގެ ނަމުގައި އުމަރު އިސް ނަންގަވަގައިގެން ސަރުކާރާ އިދިކޮޅު ފަރާތްތައް ޝާމިލްވާ ގޮތަށް ބޭއްވި މާހެފުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، އެމްޑީޕީ މީގެ ކުރިން ވެރިކަމުގައި އޮތް އިރުވެސް އެ ސަރުކާރު ޒިންމާދާރު ކުރުވަން އޭރުގެ އިދިކޮޅު ޕާޓީ ޑީއާރުޕީއިން ކުރި މަސައްކަތުގައި އޭނާ ބައިވެރިވި ކަމަށާ އޭރު ސަރުކާރު ޒިންމާދާރު ކުރުވަން ކުރި މަސައްކަތް މިއަދުވެސް ކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމުގައި މިއަދު ހަކަތަ ނެތް ކަމަށް ބަޔަކު ބުނަމުން ގެންދިޔަ ނަމަވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހިތްވަރާ ފަންވަރު އެޕާޓީގައި އެބަހުރި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މި ސަރުކާރު ޒިންމާދާރު ކުރުވަން ޕީޕީއެމުން ކުރަން ޖެހޭ މަސައްކަތެއްގައި އެންމެ އިންޗިއެއް ދޫކުނުކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.ބައެއް ބޭފުޅުންނަށް ހީފުޅުވެފައި އޮތީ ޕީޕީއެމް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ދެން ފަސް ޖެހޭނެ ކަމަށް ކަމަށާ ނަމަވެސް އެއީ ކުށް ހީ އެއް ކަމަށްވެސް އުމަރު ފާހަގަކުރެއްވިއެވެ. އަދި ޕީޕީއެމުގައި ވިންދު އެބަހުރި ކަމަށާ އެ ޕާޓީގައި ދިރުން ވެސް އެބަހުރިކަމަށް އުމަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އުމަރު މި މޭރުމުން ވާހަކަދައްކަވާފައިވާއިރު ރައީސް ޔާމީން މީގެ ކުރިންވެސް ދިވެހި ރައްޔިތުންނަށް އުއްމީދުތަކެއް އާ ކޮށްދެއްވާފައިވެއެވެ. އެގޮތުން އެމަނިކުފާނު އަބަދުވެސް ވިދާޅުވާ އެއްބަސް ފުޅަކީ އުއްމީދެއް އޮތިއްޔާ ދިރުމެއް ވާނެ ކަމަށެވެ.އުމަރު ނަސީރު ފާހަގަކުރެވިގެން ދަނީ މި ސަރުކާރު އައި ފަހުން ފާޅުގައި ނިކުމެ ވަޑައިގެން މި ސަރުކާރަށް ފާޑުވިދާޅުވުމުގައި ޖެހިލުންކުޑަ ބޭފުޅެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ