ތުޅާދޫ ދާއިރާގެ ކެނޑިޑޭޓް އަތީފަށް ކުރި ތާއީދު ޕީޕީއެމުން އަނބުރާ ގެންގޮސްފި

ބ.ތުޅާދޫ ދާއިރާގެ ޕީޕީއަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ޒަހީންއެމްގެ ކެންޑިޑޭޓް މުހައްމަދު އަތީފަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންގޮސްފިއެވެ.
ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަން ގުޅިގެން މިއަދު ބޭއްވި ޕްރެސްގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އާތިފަށް ކުރި ތާއިދު އަނބުރާ ގެންގޮސްފައިވަނީ އޭނާ އާއި އެކު ކުރެވުނު މަޝްވަރާއަކަށް ފަހު ގަބޫލު ނުކުރެވޭ ފަދަ ކަންތައްތަކެއް އޭނާގެ ފަރާތުން ފެނިފައިވާތީ ކަަމަށެވެ.
އެގޮތުން އަތީފް ވަނީ ދާދިފަހުން ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުން އޮފީހަށް ވަނަ ނުދީ ހިފަހައްޓާފައި ކަމަށާއި އެ މައްސަލަ މިހާރު ޕީޕީއެމްގެ ސުލީކީ ކޮމެޓީން ބަލަމުންދާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު އެބަ ވިސްނަން ތުޅާދޫ ދާއިރާ އަށް އަޅުގަނޑުމެންގެ ޓިކެޓުގައި ވާދަކުރައްވާ އަތީފް އަށް އޮތް ތާއީދު އަނބުރާ ގެންދަން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވެފައި ވަނީ ޕީޕީއެމްއިން މިހާރު ތާއީދު ކުރައްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ އެ ދާއިރާގެ ކެނޑިޑޭޓް މުހައްމަދު ޒަހީނަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ