ރާއްޖެއަށް ވަގަށް އެތެރެކުރި ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގެންފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިމަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މި އޮޕަރޭޝަނަކީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްކަމަށެވެ.
މިއޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑަރ ޕެކެޓުތަކުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
އެގޮތުން 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށް ކަސްޓަމްސްއިން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި ހާހަކަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ