އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދާއިރާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން: އަލްހާން

އަދާކުރަން ޖެހިފައި އޮތް އެންމެބޮޑު މަސްއޫލިއްޔަތަކީ ދާއިރާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މަޖިލިސް ބަހުސްގައި މިއަދު ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ، އެދާއިރާގެ މެޖޯރިޓީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބޯހިހާވަހިކަމުގެ މައްސަލަ ކަމަށެވެ.
"ހެންވޭރު އުތުރުގެ ވޯޓާސް ލިސްޓުގައި ތިބި 5000 ރައްޔިތުންގެ ތެރޭގައި ތިބި 3300 ރައްޔިތުންނަކީ ވޯޓުލާ ރައްޔިތުންކަމަށްވީ އިރު، އެ މީހުންގެ މެޖޯރިޓީގެ އެންމެ ބޮޑު ޝަކުވާއަކީ ގޯތި ގެދޮރުގެ ދަތިކަން، ބޯހިޔާވަހިކަން ނެތުން، އުޅެން ލިބިފައިވާ ތަންކޮޅުގެ ކުޑަކަން، ދެން ނެގިފަވާ ލޯނު ނުދެއްކުން، މިހެންގޮސް ހައުސިންއާގުޅުންހުރި އެކި ޝަކުވާތައް، އަޅުގަނޑުގެ މި ދާއިރާގެ ރައްޔިތުންގެ އެބަވޭ،" އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެ ދާއިރާގައި ވަކި ރަށެއް، ގެއެއް ނެތް، ދަފްތަރުގައި ހިމެނޭ 1600 މީހުން އެބަތިބި ކަމަށެވެ. އަދި ދާއިރާގެ އަށްޑިހަ ފަސެންޓް ރައްޔިތުންނަށް ބޯހިޔާވަހިކަން ނެތްކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދާއިރާއެއް ތަރުޖަމާއެއް ނުކުރަން. އެއީ ހެންވޭރުގައި ހުރި 400ގެ ކަމަކަށް. ދާއިރާ އަޅުގަނޑު މި ތަރުޖަމާކުރަނީ ހެންވޭރު އުތުރު ދާއިރާއޭ ކިޔާ ދާއިރާގެ އިލެކްޝަންސް ކޮމިޝަނުން ހިމަނާފައިވާ 5000 ރައްޔިތުން. އޭގެ ތެރޭގައި އެބަތިބި 1600 ދަފްތަރު މީހުން، އެހެން އިބާރާތަކުން ދަންނަވަނީ ނަމަ ރެފިއުޖީން. ވަކި ރަށެއް، ގެއެއް ނެތް ދަފްތަރެއްގައި ތިބި މީހުން. އެހެންވީމަ ބޯހިޔާވަހިކަމުގެ މައްސަލަ އަޅުަގަނޑުގެ ދާއިރާގެ އެންމެބޮޑު މައްސަލައަކީ. އަށްޑިހަ ޕަސެންޓް ރައްޔިތުންނަށް ހަގީގަތުގައި ބޯހިޔާވަހިކަމެއްނެތް،" އަލްހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ