ޕީ.އެސް.އެމް އިން އިންތިޒާމުކޮށްގެން ގެނެސްދޭ މަޖިލިސް ބަހުސްގެތެރެއިން، ގެމަނަފުށީ ދާއިރާގެ ބަހުސްގައި ބައިވެރިވި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަށް ފަހުބަސް ވިދާޅުވުމަށް ލިބުނު ފުރުޞަތުގައި، އެ ދާއިރާއަށް އެމް.ޑީ.ޕީން ވާދަކުރައްވާ ކެނޑިޑޭޓަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގެންފިއެވެ.
ގެމަނަފުށީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ، ޢަލީ ޢާދިލް ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި އޭނާ އަށް ނުވަތަ އަޙުމަދު ޝައީދަށް ވޯޓު ދެއްވުމަށާއި، އެއީ ދާއިރާގައި ނުކުރެވި ހުރި ކަންކަން ކުރުމަށްކަމަށެވެ.
"ކާކުގެ ޒަޢާމަތުގައިތޯ މާވަރުލު އެއާރޕޯޓު ނުހެދި މިހާދުވަސްވީ. އޭގެފަހުން ހެދިފަ ހުރި އެއާރޕޯޓުތައް އެހުރީ ހުޅިވިފަ. އެހެންވީމަ މިކަމުގެ ޒިންމާ ނަގަންންއެބަޖެހޭ. މިކަންކަން ކުރަން އެބަޖެހޭ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ކެނޑިޑޭޓު ނަމްބަރ އެކެއް އާދިލްއަށް ވޯޓު ދެއްވާށޭ. އަޅުގަނޑު ޔަޤީން ކުރަނީ ތިބޭފުޅުން އަޅުގަނޑާއި އަޙުމަދު ސައީދުއާއި ދެބޭފުޅުންކުރެ ކޮންމެވެސް އެއްބޭފުޅެއް ތިބޭފުޅުން އިޚްތިޔާރު ކުރައްވާނެކަމަށް. އަޅުގަނޑު ޤަބޫލުކުރަނީ އެމީހަކީ އަޅުގަނޑުކަމަށް." ޢާދިލް ވިދާޅުވިއެވެ.
އަޙުމަދު ސަޢީދަކީ އެމް.ޑީ.ޕީ ގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓެވެ.
ނަމަވެސް ގެމަނަފުށީ ދާއިރާގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި މިފަހަރުވެސް އެދާއިރާއަށް އެންމެ ރަނގަޅު ކެނޑިޑޭޓަކީ، އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވާ ޖަމީލް އުޘްމާނެވެ. ޖަމީލަކީ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.
އަށާނަ ވަނަ ރައްޔިތުންގެ މަޖިިލީހުގައި މަސައްކަތްކުރެއްވި އިރު، ޖަމީލް ފާހަގަކުރެވިފައިވަނީ، ޤަވާއިދުން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރެއްގެ ގޮތުގައެވެ. އަދި އެ ދާއިރާއެއްގެ އަޑު ވަރަށް ބޮޑަށް މަޑުވެފައިވާ ގެމަނަފުށީ ދާއިރާގެ އަޑު މަޖިލީހުގެ ތެރޭގައި ގުގުމާލެއްވި ބޭފުޅަކީވެސް ޖަމީލެވެ.
މަޖިލީހަށް ހުށަހެޅޭ އެކި ބިލް ތަކަށް ވަކާލާތު ކުރެއްވުމާއި، އެކި ކަހަލަ އިލްމީ ބަހުސް ތަކުގައި ޖަމީލް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން، ބަޖެޓް ކޮމެޓީގައިވެސް އެންމެ ގިނަ ދުވަސް ވަންދެން މެދުނުކެނޑި މަސައްކަތްކުރެއްވި މެމްބަރުންގެ ތެރޭގައި ޖަމީލް ހިމެނިވަޑައިގަންނަވައެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގެމަނަފުށި ދާއިރާއަށް ޖަމީލް ކުރިމަތިލައްވަނީ އަމިއްލަ ގޮތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
!ބަހުސްގައި، ގެމަނަފުށީ ދާއިރާގެ ޖޭ.ޕީ ކެނޑިޑޭޓު އެދުނީ އެމް.ޑީ.ޕީ ކެނޑިޑޭޓަށް ވޯޓު ދިނުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ