ނެއްލައިދޫ މިސްކިތުގައި ސޯލާ ހަރުކޮށް ކަރަންޓު ބިލު ކުޑަކޮށްފި
ހދ ނެއްލައިދޫ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް މިސްކިތުގެ ކަރަންޓު ބިލު ކުޑަކޮށްފިއެވެ. ނެއްލައިދޫ އެކުވެރިންގެ ދިރުމުން އިސްނަގައިގެން ޔޫއެންޑީޕީގެ ގްރާންޓް އެހީގައި ރަށުގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރީ ލިންކްސް ސާވްގެ އެހީގައެވެ. މިސްކިތުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރީ ލިންކް ސާވުންނެވެ. ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ ރަށުގެ ރައްޔިތުން އިސްނަގައިގެން މިސްކިތުގައި އެއާ ކޮންޑިޝަނާ އެއް ހަރުކުރި ކަމަށާއި ނަމަވެސް އޭސީ ހަރުކުރި ފަހުން ކަރަންޓު ބިލު ބޮޑުވާ މައްސަލަ ކުރިމަތިވި ކަމަށެވެ. "އޭރު މިނިސްޓްރީ އިން މިސްކިަތްތައް ބެލެހެއްޓީ. އޭސީގެ ހަރަދު ބޮޑުވީމާ މިނިސްޓްރީ އިން ބިލު ދައްކައެއް ނުދޭ. އެހެންވެ އޭރު ފަންކާތަކާ ބޮކިތަކަށް ބިލު ކުރަނީ ވަކިން،" ކައުންސިލްގެ ރައީސް ވިދާޅުވީ އޭސީ ހަރުކުރި ނަމަވެސް އޭސީ ބޭނުން ނުކުރެވޭތީ ޒުވާނުންގެ ގުޅުމުން އިސްނަގައިގެން ޔޫއެންޑީޕީގެ އެހީއާއެކު މިސްކިތުގައި ސޯލާ ހަރު ކުރީ ކަމަށާއި ސޯލާ ހަރުކުރުމަށްފަހު އޭސީ ބޭނުންކުރަންފެށީ ސޯލާ މެދުވެރިކޮށް ކަމަށެވެ. "އެއީ ކަރަންޓު ހަރަދު ކުޑަކުރާ ސޯލާ ތަކެއް. މުޅި މިސްކިތަށް ފުދޭވަރަށް ސޯލާ ހަރުކުރީ،" ލިންކް ސާވްގެ އެހީގައި ހަރުކުރި ސޯލާތަކުން މީގެ ކުރިން ހަމައެކަނި އޭސީތައް ބޭނުން ކުރި ނަމަވެސް މިސްކިތްތައް ކައުންސިލުތަކުގެ ބެލުމުގެ ދަށަށްބަދަލުކުރި ފަހުން ބޮކި ފަންކާތައްވެސް ބޭނުން ކުރަނީ ސޯލާ ބޭނުން ކޮށްގެން ކަމަށް ނާޒިމް ވިދާޅުވިއެވެ. "މިދިޔަ މަހުވެސް ކަރަންޓު ބިލަށް އެރީ 66 ރުފިޔާ" ނާޒިމް ވިދާޅުވީ ސޯލާ ކަރަންޓު އުފެއްދުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ލިންކްސާވުން ވަނީ ނެއްލައިދޫގެ އިތުރުން އައްޑޫ، ލ. އަތޮޅު. ގއ، ގދ، ހއ އަދި ހދ އަތޮޅުގައިވެސް ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ