މެދު ތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް

މެދު ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފިހުން ނެރުނު އެލާޓްގްފައި ވިދާޅުވެފައި ވަނީ، ވ.އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މެޓް އޮފީހުގެ އެލާޓްގައި ވިދާޅުވެފައި ވަނީ މިރޭ 23:45 އިން ފަތިހު 5:00 ޖެހުމާއި ހަަމައަށް އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި 35 މޭލު ބާރު މިނުގައި ވައި ޖެހޭނެކަމަށްވެސް މޫސުމާއި ބެހޭ މައި އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ވައިޓް އެލާޓް ނެރެނީ އެ އެލާޓްގައިވެސް މޫސުމަށް ސަމާލުވާންޖެހޭކަން އެންގުމަށެވެ. މި އެލާޓް ނެރެފައިވާ ވަގުތުތަކުގައި ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.
ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ