ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމަށް މިއަދަށް (އާދީއްތަ ދުވަހަށް) ތާވަލް ކޮށްފިއެވެ.
ސިނާންގެ ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދީއްތަދުވަހުގެ މެންދުރުފަހު 13:30 އަށެވެ.
ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހެއް އަނެއްކާވެސް ތާވަލްކުރި އިރު، މިދިޔަ ބުރާސްފަތި ދުވަހުވެސް ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހެއް ކޯޓުގައި ތާވަލްކުރިއެވެ. ނަމަވެސް ފަހުންވަނީ ކެންސަލް ކޮށްފައެވެ.
އެދުވަހު މުއްދަތު މަޖިލިސް ކެންސަލް ކުރިކަން ކޯޓުން ވަކީލުންނަށް އެންގި ނަމަވެސް، ކެންސަލްކުރި ވަކި ސަބަބެއް އަންގާފައެއް ނުވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ސިނާން ހައްޔަރުކުރީ ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން އޭނާ އަމިއްލަފުޅަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައި ގަތުމުންނެވެ.
އޭގެފަހުން، ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ސިނާން ހާޟިރުކުރީ މާޗްމަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު ކްރިމިނަލް ކޯޓުގެ ގާޟީ ވަނީ ޝިނާންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރަން ތާވަލްކުރީ ކުރިން ދީފައިވާ 15 ދުވަހުގެ މުއްދަތުވެސް ހަމަނުވަނީހެވެ.
ސިނާން ހައްޔަރުކޮށް ފުލުހުން ވަނީ ރިޝްވަތުގެ ތުހުމަތާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައެވެ. ނަމަވެސް ޝިނާންވަނީ އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕީޖީ އޮފީހުން މިހާރުވަނީ ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ.
މެމްބަރު ސިނާންގެ ބަންދާމެދު ގޮތެއް ނިންމަން އާދީއްތަދުވަހު ކޯޓަށް ހާޟިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ