ނޮވެމްބަރު މަހު އެޑިއުކޭޝަން ދާއިރާގެ އެޕްތަށް އުފެއްދުމަށް "ހެކަތޮން" އެއް ބާއްވަނީ

އެޑިއުކޭޝަން މިނިސްޓްރީއިން ނޮވެމްބަރު މަހު ތައުލީމީ ދާއިރާގެ އެޕްތަށް އުފެއްދުމަށް ހެކަތޮން އެއް ބާއްވަން ނިންމައިފިއެވެ.
މަޖީދިއްޔާ ސްކޫލުގައި ކޯޑިން ކިޔަވާ ކުދިންނަށް "ހަތާ ކޯޑިން ލެބް" ގެ ނަމުގައި ކޮމްޕިއުޓާ ލެެބެއް ހުޅުއްވުމުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އުފާ ފްރޮގްރާމްގެ ފަރާތުން ފާތުމަތް ސޯފިއާ ރަޝީދު ވިދާޅުވީ މި ހެކަތޮން އަކީ އެޑިއުކޭޝަންގެ ދާއިރާއަށް ފަސޭހަތަކެއް ގެނައުމަށް ބޭއްވޭ ހެކަތޮންއެއް ކަމަށެވެ.
"މި އަހަރު އަޅުގަނޑުމެން، އިރާދަ ކުރެއްވިއްޔާ ނޮވެމްބާރ ފަހު ކޮޅުގައި ހެކަތޯންއެއް އެބަ ބާއްވަން، ކޯޑިން. އެއީ ޕްރޮގްރާމިންގެ ވަރަށް ގިނަ ފަރާތްތަކެއް އެއް ވަނީ ދެއްތޯ 24 ގަޑިއިރު ތެރޭގައި ބައެއް އެޕްލިކޭޝަންސް ބައެއް ސޮފްޓްވެއާސްގެ ހިޔާލު ފާޅުކޮށް އެ މަސައްކަތް ކުރާނެ އޭގަ." ސޯފިއާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހެކަތޮންގެ ތީމަކަށް ވެގެންދާނީ ތައުލީމާއި ގުޅޭ ތައުލީމު ފަސޭހަކޮށްދެވިދާނެ އެޕްލިކޭޝަންތަށް ކަމަށެވެ. އަދި އެ ހެކަތޮން އިން މޮޅުވާ ފަރާތެއްގެ އެޕް ޑިވޮލޮޕް ކުރުމާއި މާކެޓް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ސޯފިއާ ވިދާޅުވިއެވެ.
ރޭ "ހަތާ ކޯޑިން ލެބް"ގެ ނަމުގައި ކޯޑިން ކިޔަވާ ކުދިން ބޭނުން ކުރުމަށް ކޮމްޕިއުޓާ ލެބެއް ވެސް ވަނީ އިފްތިތާހު ކޮށްފައެވެ. މި ލެބް ހުޅުއްވައި ދެއްވީ މިނިިސްޓާރ އޮފް އެޑިއުކޭޝަން އައިޝަތު ޝިހާމްއެވެ.
މަޖީދިއްޔާ ސްކޫލުގެ އޮފީސް އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ގާއިމް ކުރެވިފައިވާ މި ލެބަކީ ކޯޑިން ކިޔަވާ ކުދިންނަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތަށް ލިބިގަތުމަށް ހުޅުވާލި ލެބެއް ކަމަށް އުފާ ޕްރޮގްރާމުން ބުނެއެވެ. އަދި މި ލެބުގައި ކުދިންނަށް އެހީދިނުމަށް ޓީޗަރަކު ވެސް ހުންނާނެއެވެ، މިހާރު މި ލެބު ރޭގަނޑު ރޭގަނޑު 20:00 އިން 22:00 އަށް ހުޅުވާލެވިފައިވާ ނަމަވެސް ކުދިން ގިނަ ވާ ވަރަކަށް ދުވާލުގެ އެކި ވަގުތުތަކުގައި ވެސް ލެބް ހުޅުވުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ