ނަޝީދަށް ވާދަކުރެވެން ޖެހޭނެކަން ޔޫއެންއެޗްއާރުސީން މިއަހަރު ކަނޑައަޅާނެ: ޝަހީދު

އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެވެން ޖެހޭނެކަން ޔޫއެން އެޗްއާރުސީން މިއަހަރު ކަނޑައަޅާނެކަމަށް އދ ގެ ޚާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ފޮރިންގ މިނިސްޓަރު ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު ރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެވެން ހެޖޭނެކަން އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ ކޮމިޝަނުން މިއަހަރު ކަނޑައަޅާނެކަމީ ޝައްކެއްނެތް ކަމެއް ކަމުގައެވެ.HRC Ruling aumah fahu @PresidentYAG ah jeheynee inthikhaab eh nubaavvane kamah kada alhan! @KerafaNaseem @MohamedNasheed @Ch13official https://t.co/rIkB8ib4d6— Ahmed Shaheed (@ahmedshaheed) January 2, 2018އެ ނިންމުމަށްފަހު ރައީސް ނަޝީދަށް ވާދަ ނުކުރެވޭނަމަ ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ އިންތިހާބެއް ނުބާއްވާނެކަމަށް ކަނޑައަޅަން ކަމަށްވެސް ޑރ ޝަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޔޫއެން އެޗްއާރުސީގެ ނިންމުންތަކަށް ތަބާވާނެކަމަށް ރާއްޖެއިން 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ގައި އެއްބަސްވެ ސޮއިކޮށްފައި ވާކަމަށްވެސް ޑރ ޝަހީދުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ