2018 ވަނަ އަހަރަށް ފާސްކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިބަޖެޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެލެއްވި 39 މެންބަރުންގެ އިއްތިފާޤުންނެވެ. މިވޯޓުގައި ބައިވެރިވެލައްވައިފައި ވަނީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެންބަރުންނެވެ. ބަޖެޓު ދިރާސާ ކުރުމަށް ބެއްވީ ކޮމިޓީ ބައްދަލުވުމުގައި ވެސް އިދިކޮޅު މެންބަރުން ވޯޓު ދެއްވައިފައެއް ނުވެއެވެ. އެބައްދަލުވުމުގައި ހިނގި ދެބަސްވުމެއްގެ ސަބަބުން އިދިކޮޅު މެންބަރުން ވަނީ ބައްދަލުވުން ދޫކޮށް ވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުން މިބަޖެޓު ފާސްކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީ އިން މިވޯޓު ފަސްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައި ވަނިކޮށެވެ. އެމްޑީޕީ އިން ހުށަހެޅި މައްސަލައިގައި އެޕާޓީ އިން ބަޖެޓު ފާސްކުރުމަކީ ޤާނޫނު ފާސްކުރުމާއި ތަފާތު ކަމަކަށް ވާތީ, ބަޖެޓު ފާސްކުރަވޭނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
އިދިކޮޅު މެންބަރުން ބުނަމުންދާ ގޮތުގައި މިބަޖެޓުގެ ސަބަބުން ސަރުކާރު އިތުރަށް ދަރަނިވެރި ވެގެން ދާނެއެވެ.
2018 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ