ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުންނަށް ރިޝްވަތު ދީގެން ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ރޭވި ރޭވުމުގައި ބޭރުގެ ގައުމެއް ވެސް އަދި ބޭރުގެ އިތުރު ފަރާތެއް ވެސް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ނުކުރެވޭ ކަމަށް ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަރީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ ލަންކާގައި ތިއްބަވާ ބޭރުގެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މުންދު ވިދާޅުވީ ފަނޑިޔާރުން ބައިވެރިވެގެން ގެންނަން އުޅުނު "ބަޣާވާތް ރޭވީ ދިވެހިންނެވެ." އެކަމުގައި އިސްކޮށް ތިއްބެވީ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު އެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރަކީ އިދިކޮޅު ފަރާތްތަކުން ނެރެފައިވާ އަމުރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޓީވީ އިންޓަވިއުއެއްގައި ވިދާޅުވެފައިވާކަން މިއަދު ބައިނަލްއަޤުވާމީ މީޑީއާތަކުގައި ވެސް ވަނީ ފާހަގަ ކޮށްފައެވެ.
މުންދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 45 ދުވަހަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 22 ވަނަ ދުވަހުގެ އިރުއޮއްސި 19:00 ގައި އުވިގެން ދާނެއެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރާއި މަޝްވަރާ ކުރަން ދެއްވަމުން ގެންދަވާ ދައުވަތު މުންދު ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.
"ޝަރުތުތަކެއް ނެތި މަޝްވަރާ އަށް އަންނަން ސަރުކާރުން ދަނީ ދައުވަތު ދެމުން. އެބޭފުޅުންގެ ހުށަހެޅުންތައް މަޝްވަރާގައި ހުށަހަޅަން އަޅުގަނޑުމެން މިދަންނަވަނީ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ މަޝްވަރާގެ ކުރިން ޝަރުތަކެއް ކުރިމަތި ކުރަމުން. އެބޭފުޅުން ބޭނުންފުޅުވޭ ޖަލުގައި ތިއްބެވި ލީޑަރުން މަޝްވަރާތަކުގައި ބައިވެރި ކުރަން. ސަރުކާރުން އެކަމަށް އެބަސްވާނީ ކިހިނެއްތޯ" މުންދު ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގައި ބޭރުގެ ބަޔަކު ބައިވެރިއެއް ނުވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ