މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަޤާމަށާއި މިނިސްޓަރު އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް ޔާމިން އަބްދުލް ގައްޔޫމް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަން ކުރެއްވީ ހ. ދިޔަދޫ މޫސާ އާޒިމެވެ.
މޫސާ ޢާޒިމް މިހާތަނަށް ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސުޕްރިންޓެންޑެންޓުގެ މަޤާމުގަ އެވެ. އޭގެ ކުރިން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސްގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.
މޫސާ ޢާޒިމަކީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަނަލް ސާވިސަސްއިން ކަމާގުޅޭ ތަމްރީނުތައް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެއްވެސްމެ އެވެ.
ރައީސް ޔާމިން މިއަދު ވަނީ މިނިސްޓަރު އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވާފަ އެވެ. ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމު ދެއްވީ ގދ. ތިނަދޫ، ދެވިނަގޭ، ޢަބްދުﷲ އަހްމަދެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންގެ މަގާމަށް އާޒިމް، މިނިސްޓަރުގެ ނައިބުގެ މަގާމު އަބްދުﷲ އަހުމަދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ