އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތެއް މިއަދަށް ތާވަލުކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފިއެވެ.
މިއަދަށް ތާވަލުކޮށްފައިވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމެކެވެ.
ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު 03:00 އަށް ކްރިމިންލަ ކޯޓުގައި ވަނީ ތަވަލުކޮށްފައެވެ.
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކަރެއް ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އަބްދުﷲ ހަމީދު ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ